މާލެއަތޮޅު ތުލުސްދޫފަޅުގައި އޮތް ސަފާރީއަކުން ގިނަ ޢަދަދެއްގެ ބަނގުރާފުޅިއާއި ބިޔަރުފުޅިތަކަކާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިސަފާރީ ބަލައިފާސްކުރިއިރު ސަފާރީގެ އެކިތަންތަނުން ބަނގުރާ ފުޅިތަކާއި 18 ކޭސް ބިޔަރު ފުޅި ފެނިފައިވާކަމަށެވެ. މިކަމާގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވަނީ، އުމުރުން 27 އަހަރުގެ ދެފިރިހެނުންނެވެ.
img:http://s2.psmnews.mv/images/660x400/14645151532357.jpg|ސަފާރީން ފެނުނު ބަނގުރާފުޅިތަކެއް- ފޮޓޯ: ޕޮލިސް މީޑިޔާ
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ސަފާރީިގައި ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނުމަޢުލޫމާތަކާއި ގުޅިގެން އިއްޔެ ފުލުހުން އެސަފާރީ ބަލައި ފާސްކުރެއްވިއިރު މި ތަކެތި ސަފާރީން ފެނުމާއި ގުޅިގެންނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ދެމީހުންގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ދެއްވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.