ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ޒާމާންވީ ގާތްގުޅުން ދައްކުވައިދޭ ރަމްޒެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބްރިޖަށް 6 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
🇲🇻🇨🇳
— Hussain Mohamed Latheef (@HucenSembe) August 30, 2024
Celebrating 6 years of the China-Maldives Friendship Bridge, a symbol of our enduring partnership and shared progress. This bridge connects our islands and reflects the strong ties between our nations. Together, we continue to build a future of cooperation and prosperity. pic.twitter.com/AlSOoizPzo
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ ގާތްގުޅުމާއި، އެކުވެރިކަން ދައްކުވައިދޭ ރަމްޒެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން އެއްބާރުލުމާއި ފާގަތިކަމުގެ މުސްތަޤްބަލެއް ހޯދުމަށް މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.