ވިޔަފާރި

ރަމަޟާން މަހަށް ހުޅުމާލޭގައި ވަގުތީ މާރުކޭޓެއް ހަދަނީ


މިއަހަރުގެ ރޯދަމަހުވެސް ހުޅުމާލޭގައި، ވަގުތީ ލޯކަލް މާރުކޭޓެއް ހުންނާނެ ކަމަށާއި އެތަނުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މައުލޫމާތުދޭގޮތުގައި މިއަހަރުގެ ވަގުތީ ލޯކަލް މާރުކޭޓު ހުންނާނީ ހުޅުމާލެ ފެރީ ޓަރމިނަލް ކައިރީގައެވެ. މި މާރުކޭޓުގައި 12 ގޮޅި ހުންނާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. އަދި މިހާރު ހުރިހާ ގޮޅިއެއްވެސް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި ގޮޅިތައް ހަވާލުކޮށްފައިވާ ފަރާތްތަކުން އެތަނުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މިއަހަރުގެ ވަގުތީ ލޯކަލް މާރުކޭޓު ކުރިއަށްދާނީ ކުރިއަށް އޮތްތާނގައި ހުޅުމާލޭގައި ޤާއިމްކުރާ ލޯކަލް މާރުކޭޓު އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިމުގައިކަމަށްވެސް އެޗްޑީސީން މަޢުލުމާތުދެއެވެ.