ތަޢުލީމު

މައި ކޮލެޖްގެ 10ވަނަ އަހަރީދުވަސް ފާހަގަކުރަށް ޚާއްޞަ ފެއާއެއް


މައި ކޮލެޖްގެ 10 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ފެއާއެއް ބާއްވައިފިއެވެ.

މިއަދު ހަވީރު އާރޓިފިޝިއަލް ބީޗްގައި ބޭއްވި މިހަރަކާތުގައި މައި ކޮލެޖްގެ މެނޭޖްމެންޓާއި އައިޓީ ޑިޕާޓްމެންއާއި އަދި އެޑިއުކޭޝަން ޑިޕާޓްމެންޓުންވަނީ ސްޓޯލްތައް ބަހައްޓައިގެން ކުޑަކުދިންނަށް ޚާއްޞަ ހަރާކާތްތަކެއް ކުރިޔަށްގެންގޮސްފައެވެ.

ޖުމްލަ 20 ސްޓޯލް ބަހައްޓައިގެން ކުރިޔަށްގެންދިޔަ މިހަރަކާތުގައި، ކުދިންނަށް މަޢުލޫމާތު ދިނުމާއި، ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ކުދިންނަށް ޚާއްޞަކޮށް މިފެއާގައި ކާބޯތަކެތީގެ ސްޓޯލްތަކެއްވެސް ބަހައްޓާފައިވެއެވެ.