އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް މުބާރާތުގައި އެއްވަނަށް ސީޑް ކޮށްފައިވާ ޔަނިކް ސިނާ އާއި އިގާ ސްވިއަޓެކް ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އިޓަލީގެ ސިނާ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ އެލެކްސް މިޗެލްސަން އާއި ދެކޮޅަށް ކުޅުނު މެޗު 6-4, 6-0 އަދި 6-2 ގެ ނަތީޖާކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ އަންހެން އިވެންޓްގައި އެއްވަނައަށް ސީޑްކޮށްފައިވާ ސްވިއަޓެކް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޖަޕާނުގެ އެނާ ޝިބަހާރާ އާއި ދެކޮޅަށް ކުޅުނު މެޗުނ ފަސޭހަކަމާއިއެކު 6-0 އަދި 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗު ކާމިޔާބު ކުރުމަށް އޭނާ ހޭދަކޮށްފައިވަނީ އެންމެ 65 މިނިޓެވެ.
މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, ހަވަނައަށް ސީޑްކޮށްފައިވާ ޖެސިކާ ޕެގޫލާ ވަނީ އެމެރިކާގެ ސޯފިއާ ކެނިން ބަލިކޮށް ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. މު ބާރާތުގެ ތިންވަނަ ބުރުގައި ޕެގޫލާ ނިކުންނާނީ ސްޕޭނުގެ ޖެސިކާ ބޯޒަސް އާއި ދެކޮޅަށެވެ.