ވިޔަފާރި

މިއަހަރު ރާއްޖޭގެ އިޤްތިޞާދު 3.5 އިންސައްތަކުރިއަރާނެ


މިއަހަރު ރާއްޖޭގެ އިޤްތިޞާދު 3.5 އިންސައްތަކުރިއަރާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފުން އަންދާޒާކޮށްފިއެވެ.

އައިއެމްއެފުންމިހެން ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށްފަހު މިމަހުގެ 13ވަނަ ދުވަހު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އާންމުކުރި ބަޔާނެއްގައެވެ.

ރާއްޖޭގެ އިޤްތިޞާދަށްގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ފަށަފައިވާ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ލިބި އިޤްތިޞާދަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ބުނެއެވެ. މިއަހަރު ނިމޭއިރު ޤައުމީ އުފެންދުންތެރިކަން 3.5 އިން އިތުރުވާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ސިނާއަތު ރަނގަޅުވާނެ ކަމަށް ލަފާކޮށްފައެވެ.

އައިއެމްއެފުން ބުނީ، ދައުލަތުގެ ދަރަނި ހުރި މިންވަރު މަތި ކަމަށާއި އަދި ދަރަނި މައްޗަށް ދާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، 2015 ވަނަ އަހަރުގެ ބަޖެޓްގައި ޚަރަދުކުޑަ ކުރުމަށްއަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ދައުލަތަށް ލިބިފައިވާ އާމްދަނީ އެކަށީގެންވާ ވަރަށް ރަނގަޅުވުމުން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ދަށްވެފައިވާކަމަށެވެ.

މިދިޔަ އަހަރުގެތެރޭގައި ދޫދެވިފައިވާ މަނިޓަރީ ސިޔާސަތެއް ގެންގުޅެފައިވާކަން އެ އިދާރާ އިންވަނީ ފާހަގަކޮށްފައެވެ. އަދި ބޭންކުތަކުން އަމިއްލަ ސެކްޓާއަށް ލޯނުދޫކުރާމިންވަރު ކުރިއަށްވުރެ އިތުރުވާން ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.