ޚަބަރު

ތިމަރަފުއްޓަށް މާލީ އެހީ ވަރަށް އަވަހަށް ފޯރުކޮށްދެވޭނެ


ދާދިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ކޮޅުމަޑުލު ތިމަރަފުށީގެ ގެތަކަށް ލިބުނު ގެއްލުންތަށް ދިރާސާކުރައްވައި ނިމިފައިވާކަމަށާއި، ގެއްލުންލިބުނު ފަރާތްތަކަށް، ވަރަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް، ޑިޒާސްޓަރ މެނޭޖަމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ވިދާޅުވީ، ލިބުނު ގެއްލުންތަކުގެ ސަރވޭގެ މަސަކަތް ނިމިފައިވާ ކަމާއި ގުޅުހުންރި އިދާރާތަކަށް އަންގަވާފައިވާކަމަށާއި، ލަސްތަކެއް ނުވެ އެހީ ލިބިގެންދާނެކަމަށެވެ.

މި މޭމަހުގެ 17 އިން 19 އަށް ކުރި ވިއްސާރައިގައި ތިމަރަފުށީގެ 74 ގެއަކަށްވަނީ އެކިވަރުގެ ގެއްލުންވެފައެވެ. މީގެ ތެރެއިން 6 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގިނަ ގެތަކުގެ ހިފާގެންގުޅޭ ބައެއްސާމާނާއި، ފަރުނީޗަރ ހަލާކުވެފައިވެއެވެ.