ކެންސަރު ޖެހިގެން މަރުވާ ޒުވާނުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށް ޔޫރަޕްގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ސިއްޙަތާއި ބެހޭ މަޖައްލާއެއްކަމަށްވާ ލާންސެޓްގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ރިޕޯޓުން ހާމަވި ގޮތުގައި ލުކީމިޔާ ފަދަ ލޭގެ ކެންސަރުގައި މަރުވާ ޒުވާނުންގެ ނިސްބަތް އެބަލީގައި މަރުވާ ހަގު ޢުމުރުގެ ކުދިންނަށްވުރެ މާބޮޑަށްވެސް މައްޗެވެ.
މިދިރާސާގައި ތަޙްލީލްތައް ހަދާފައިވާ ފަރާތްތަކުން، ހަތާވީސް ޤައުމެއްގައި ތިބި ކެންސަރުޖެހިފައިވާ ފަންސާސް ހަތްހާސް ކުޑަކުދިންނާއި ތިންސަތޭކަ ބާރަހާސް ޒުވާނުންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.
ދިރާސާއިން ފާހަގަވިގޮތުގައި ކެންސަރު ޖެހުމަށްފަހު ފަސްއަހަރަށް ވުރެގިނަ ދުވަހު ދިރި ތިބޭ ކުދިންގެ ނިސްބަތް މިހާރު ވަރަށް ބޮޑަށް މައްޗަށް ވަނީ ގޮސްފައެވެ. އަދި ކެންސަރ ޖެހުމަށްފަހު އެކަމުން ސަލާމަތްވާ ކުދިންގެ ނިސްބަތްވެސް މަތިކަން ޑޮކްޓަރުން ފާހަގަކުރެއެވެ.