ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި އެމްއެންޑީއެފްއިން ދަނީ އެ ސަަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަލިފާން ރޯވީ ވެހިކަލް މަރާމާތުކުރާ ވޯކްޝޮޕެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ބޯ ދުން އަރަމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށް، އަދި ކޮންމެވެސް ވަރަކަށް އެމީހާ ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ރޯވި އަލިފާން ކޮންޓްރޯލްވެފައިވާކަމަށާއި، ނަމަވެސް އެއްކޮށް އަލިފާން ނިއްވާލެވިފައި ނުވާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ