ތަޢުލީމު

20 ސްކޫލެއްގެ ޕްރިންސިޕަލުން މެލޭޝިޔާގައި ތަމްރީނު ހޯދަނީ


ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ 20 ސްކޫލެއްގެ ޕްރިންސިޕަލުން މެލޭޝިއާގައި ޙަރަކާތްތެރިވަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެކާވީސްވަނަ ޤަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭ މަޢުލޫމާތު ލިބިދިނުމުގެ މިދަތުރަކީ އެޑިޔުކޭޝަން މިނިސްޓަރގެ އިސްނެންގެވުމުގެ މަތިން ލިބިފައިވާ ފުރުސަތެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިސްޓަޑީ ޓުއަރ ގައި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އާއި އެޤައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ މަޢުލޫމާތު ލިބިދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުން ޙަރަކާތްތެރިވަމުންދެއެވެ.