ޚަބަރު

ލ.މާމެންދޫގެ ނަރުދަމާގެ މަސައްކަތް ނޮވެމްބަރު މަހު ނިމޭނެ- ފެނަކަ


ލ. މާމެންދޫ ނަރުދަމާގެ މަސައްކަތް ނިންމަވައި، މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ޚިދުމަތް ފެށޭވަރުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޕީ.އެސް.އެމް.ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ އޯގަސްޓް މަހުގެ ތެރޭގައި އެރަށުގެ ނަރުދަމާގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ލ. މާމެންދޫ ނަރުދަމާގެ މަސައްކަތް ފެނަކައާ ޙަވާލު ކޮށްފައިވަނީ 11 އޮގަސްޓް 2014 ވަނައަހަރުގައެވެ. މި މަޝްރޫޢަކީ 30 މިލިޔަނަށްވުރެ ގިނަރުފިޔާ ޚަރަދުކުރައްވައިގެން ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫއުއެކެވެ.

އެރަށުގެ ނަރުދަމާގެ މަސައްކަތުގެ 37 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.