މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރަގައި ހއ. އަތޮޅުގެ 7 ރަށެއްގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިއްޔެ އިން ފެށިގެން ވެހެމުންދާ ވާރޭގައި ހޯރަފުށި، އިހަވަންދޫ، ދިއްދު، ބާރަށް، ކެލާ، މުރައިދޫ، މާރަންދޫގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުން ލިބެމުން ދާކަމުގައި އެރަށްރަށުގެ ކައުންސިލްތަކުން މައުލޫމާތުދީފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހޯރަފުއްޓާއި އިހަވަންދޫ ދިއްދޫ އަދި ކެލާގަައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށް ނުހިނދޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެމް.އެން.ޑީއެފްގެ ރެސްކިއު ޓީމެއް ފެންހިންދުމަށް ހއ. އަތޮޅަގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. ހއ. ހޯރަފުށީގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަަބަބުން 6 ގެއަކަށް ފެންވަނުމުގެ ސަބަބުން އެ 6 އާާއިލާއެއް ރައްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރުކުރަމުން ގެންދަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިހާރުކުރަމުންގެންދާ ވިއްސާރާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ހޯދަމުން އަންނަކަމަށް އެ ވުސާރާއިން ވިދާޅުވިއެވެ.