ޚަބަރު

ނަޝީދަށް ހިމާޔަތް ދެއްވިކަމެއް އަންގާފައެއް ނުވޭ- މިނިސްޓަރ


ރައީސް ނަޝީދަށް އިނގިރޭސިވިލާތުން ޙިމާޔަތް އެރުވުމާ ގުޅޭގޮތުން ރާއްޖޭގައި ފަތުރާ ވާހަކަތަކާމެދު ޚާރިޖީ ވުޒާރާއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ސިޔާސީ ހިމާޔަތްދިންކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. މިކަމާބެހޭ ޙަޤީޤީ ތަފްޞީލަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރުގައި އެދިވަޑައިގެންފައިވާކަމަށާއި މިމައްސަލައާ ގުޅިގެން ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދުގައި މިއަދު ވަނީ މުޢާމަލާތްތަކެއް ކުރެވިފައިވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއެވެ.

tw:https://twitter.com/MDVForeign/status/734753456280346628

ފޮރިން މިނިސްްޓަރ ވިދާޅުވީ ނަޝީދަށް ސިޔާސީ ހިމާޔަތްދިނުމާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ރަސްމީގޮތުން ސިޓީފުޅެއް ފޮނުއްވާފައިވާކަމަށާއި، އަދި އެކަމުގެ ތަފްސީލް ލިބުމުން ނޫނީ އެކަމުގައި އެއްޗެއް ނުދެއްނެވޭނޭކަމަށެވެ. 

tw:https://twitter.com/MDVForeign/status/734753587385880577

އިނގިރޭސި ސަރުކާރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޙިމާޔަތް ދެއްވައިފިކަމަށް ބުނެ ޙަބަރުތައް ފަތުރަމުންދަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުންނެވެ. ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޙަސަން  ލަޠީފް ވިދާޅުވީ މިހާރު ބޭސްފަރުވާއަށް އިނގިރޭސިވލާތުގައި ހުންނެވި ރައީސް ނަޝީދަށް އެގައުމުން ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސް ދެއްވާފައިވާކަމަށެވެ.