ސިއްހަތު

ޑެންގީއަށް ފަރުވާ ހޯދަމުންދިޔަ އަންހެނަކު މަރުވެއްޖެ


ޑެންގީ ހުންޖެހިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެއްވަމުންދިޔަ އަންހެނަކު މަރުވެއްޖެކަމަށާއި، އޭނާ މަރުވީ ޑެންގީގެ ސަބަބުންތޯ ނުވަތަ ނޫންކަން ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޞިއްޙީ ދާއިރާއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން، އައި.ޖީ.އެމް.އެޗްގެ މީޑިއާ އޮފިޝަލް، ޒީނަތު ޢަލީ ޙަބީބު ވިދާޅުވީ، ޑެންގީހުން ޖެހިގެން ފަރުވާ ހޯދުމަށް އަތޮޅުތެރެއިން ގެނައި އަންހެންމީހާ އެޑްމިޓްކުރީ، މިމަހުގެ އެކާވީސް ވަނަދުވަހު ކަމަށާއި، އައި.ސީ.ޔޫގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް، އޭނާ މަރުވެފައިވާނީ ރޭގެ ވަގުތެއްގައިކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ހެލްތު އޮފިސަރ، ޑރ ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، މިމީހާ މަރުވީ، ޑެންގީގައިތޯ ކަށަވަރުކުރެއްވުމުގެ ގޮތުން އެ މައްސަލަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބައްލަވަމުން ގެންދަވާކަމަށެވެ.

މީގެ ކުރިންވެސް ޑެންގީ ހުމަށް ފަރުވާ ދެއްވަމުން ގެންދަވަނިކޮށް ބޮޑުމީހަކާއި ތުއްތު ކުއްޖަކު ވަނީ މަރުވެފައެވެ. ނަމަވެސް އެއީ ޑެންގީގެ ސަބަބުންކަމެއް މިހާތާނަށް ޔަޤީންކުރެވިފައެއް ނުވެއެވެ.

މިއަހަރުގެ މިހާތަނަށް ހަސަތޭކަ ތިރީސް ޑެންގީ ކޭސް ރިކޯޑް ކުރެވިފައިވާއިރު، މީގެތެރެއިން 438 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ޞަރަޙައްދުންނެވެ.

img:http://s2.psmnews.mv/images/660x400/5158.jpg|ޑެންގީ ހުން ޖައްސާ އީޑިސް މަދިރި- ފޮޓޯ: ޕީއެސްއެމް ފައިލް

މީގެ ކުރިންވެސް ޑެންގީ ހުމަށް ފަރުވާ ދެއްވަމުން ގެންދަވަނިކޮށް ބޮޑުމީހަކާއި ތުއްތު ކުއްޖަކު ވަނީ މަރުވެފައެވެ. ނަމަވެސް އެއީ ޑެންގީގެ ސަބަބުންކަމެއް މިހާތާނަށް ޔަޤީންކުރެވިފައެއް ނުވެއެވެ. މިއަހަރުގެ މިހާތަނަށް ހަތަރުސަތޭކަ އަށްވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނުކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

ރާއްޖޭގައި ޑެންގީ ހުންޖެހުމަކީ އަހަރުގެ އެކި ދުވަސްވަރު ދިމާވާ ކަމަކަށްވުމާއެކު، އެކަމުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރައްވަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. މީގެ އިތުރަށް ޑެންގީ މަދިރިއުފެދޭ ތަންތަން ނައްތާލުމަށް ވިއްސާރަ މޫސުމުގައި ޚާއްޞަ ކެމްޕެއިންތައް ގެންދަވަނީ ހިންގަވަމުންނެވެ.