ޚަބަރު

ޞިއްޙީ ދާއިރާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި


ޞިއްޙީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދޭ އެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައި އެކަމާބެހޭ އުސޫލު ޢާއްމު ކުރައްވައިފިއެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން ހާމާ ކުރައްވާ ގޮތުގައި މިއެވޯޑް ދެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބާއްވާ ދުނިޔޭގެ ސިއްޙަތު ދުވަހު،ގެ ޚާއްޞަ ރަސްމިއްޔާތުގައެވެ.

މިއެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ހުޅުއްވާލައްވާފައިވެއެވެ.