ޚަބަރު

އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި


  • ހައްުޔަރުކޮށްފައިވަނީ ދިވެއްސެއް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި ތަކެތީގެ ވަގުތީ ބަރުދަނުގައި 209 ގްރާމް ހުރިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.