ސިއްހަތު

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 69 ވަނަ ބައްދަލުވުން ފަށައިފި


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަސްދޮޅަސް ނުވަވަނަ ބައްދަލުވުން ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައެވެ. މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަވަނީ، މި އަހަރުގެ ބައްދަލުވުމުގެ ރިޔާސަތަށް އޮމާންގެ ޞިއްހަތާއި ބެހޭ ވަޒީރު ޑރ. އަޙްމަދު މުޙައްމަދު އަލް-ސަޢީދީ އައްޔަން ކުރައްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ މެމްބަރު 194 ޤައުމަކުން 3500 މެމްބަރު މަންދޫބުން މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްހަތާއި ބެހޭ ވަޒީރު އިރުތިޝާމް އާދަމް ތަޤުރީރު ކުރައްވާނެއެވެ.

މި ބައްދަލުވުމުގެ އެޖެންޑާގައި 76 އައިޓަމެއް ހިމެނޭއިރު، ޞިއްހީ ދާއިރާއާއި ގުޅުންހުރި ތަފާތު 74 ކަރުދާހަކަށް މެމްބަރު ޤައުމުތަކުން މަޝްވަރާކުރާނެއެވެ. މީގެ އިތުރުން، ތަފާތު 21 ޤަރާރެއް މެމްބަރު ޤައުމުތަކުން މި ބައްދަލުވުމަށް ހުށަހަޅާނެއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އިތުރު 30 ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ޞިއްޙަތާއި ބެހޭ ވުޒާރާއިން މައްލޫމާތުދެއްވާއެވެ.