ޚަބަރު

ސްކޫލްތަކުގެ ފަންނީ ބޭފުޅުންނަށް ހިންގި ތަމްރީނުތައް ނިމިއްޖެ


ސްކޫލްތަކުގެ ލީޑިން ޓީޗަރުންނަށް ޚާއްޞަކުރައްވައިގެން ބޭއްވެވި "ސްކޫލް ބޭސްޑް ޕްރިވެންޝަން އިންޓަރވެންޝަން" މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ނޭޝެނަލް ޑްރަގް އެޖެންސީ ގުޅިވަޑައިގެން ބޭއްވެވި މި މަސައްކަތު ބައްދަލުވުމުގައި ނަވާރަ ސްކޫލެއްގެ ލީޑަރުންނާއި ކައންސިލަރުންނާއި ހެލްތު އެސިސްޓެންޓުން ބައިވެރިކުރެއްވިއެވެ.

ޢަރަބިއްޔާ ސްކޫލްގައި ބޭއްވެވި 5 ދުވަހުގެ މި ބައްދަލުވުމުގައި މަސްތުވާ ތަކެތި ބޭނުންކުރާ ކުދިން ދެނެގަންނާނެ ގޮތާއި މިފަދަ ކުއްޖަކު ފެނިއްޖެނަމަ ކަންތައް ކުރަންޖެހޭ ގޮތްތައް ޙިއްޞާކޮށްފައިވާކަމަށް ނޭޝެނަލް ޑްރަގް އެޖެންސީން ވިދާޅުވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ނިމުން ފާހަގަކުރެއްވުމުގެ ގޮތުން އަރަބިއްޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުންދެއްވީ ނޭޝެނަލް ޑްރަގް އެޖެންސީގެ ސީއީއޯ ޙަސަން ޝަހީދުއެވެ.