ޚަބަރު

އިންތިޚާބުތަކާއި ގުޅޭގޮތުން އދ. އާއިއެކު މަޝްވަރާކޮށްފި


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އެހެނިހެން އިންތިޚާބުތަކުގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފައިކުރުމުގެ ގޮތުން ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އދ. އާއި އެކު މަޝްވަރާކުރައްވައިފިއެވެ.

އދ. ގެ ބޭފުޅުންނާއެކު، އިލެކްޝަންސް ކޮމިޝަނުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް އިންތިޚާބުތަކުގެ ކަންކަން ހަރުދަނާކުރުމުގައި އދ.އިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން، އަލަށް ތަޢާރަފް ކުރުމަށް ތައްޔާރުވަމުންގެންދަވާ އީ-ވޯޓިންގ ސިސްޓަމަށް ޢާއްމުން ހޭލުންތެރިކުރުމަށާއި، ވޯޓާއި ގުޅޭ ކަންކަމުގައި ޙަރަކާތްތެރިވާ ކޮމިޝަނުގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް، އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި، ބައްދަލުކޮށް އިންތިޚާބު ތަކުގައި ޢާއްމުކޮށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް އދ.ގެ ޓީމުން މަޢުލޫމާތު އޮޅުން ފިލުއްވާފައިވާކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.