ޚަބަރު

ސީޕީއޭގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި


ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ކަރީމުﷲ އަކްބަރު ޚާން، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި މިއަދުވަނީ، މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަންއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، އެގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ސެކްރެޓަރީ ޖެނެރަލް ކަރީމުﷲ އަކްބަރު ޚާންގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާރޓީތަކުގެ އިސްބޭފުޅުންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައްދަލުކުރައްވާނެއެވެ.