ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މިހާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި


  • އޭނާއަށް ފަރުވާ ދެމުންދަނީ ހައިޑިޕެންޑެންސީ ޔުނިޓުގެ ސަރޖިކަލް ޔުނިޓުގައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މިހާ އަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއްމްއެޗްގެ އޮފިޝަލަކު ދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެހޮސްޕިޓަލުގެ ހައިޑިޕެންޑެންސީ ޔުނިޓްގެ ސަރޖިކަލް ވޯޑުގައި ފަރުވާދެމުންދާކަމަށެވެ. މި މިހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހޮސްޕިޓަލުން ލިބިފައިނުވެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މެންދުރުގެ ވަގުތެއްގައިކަމަށެވެ.

އެ އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މީހަކު އިށީދެއިން ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމުން ފިލައިގެން ގޮސްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.