ޚަބަރު

ޓީ20 ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް މިލާން ކްރިކެޓް އެކެޑަމީ


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް މިލާން ކްރިކެޓު އެކަޑަމީ ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް މިލާން ކްރިކެޓު އެކަޑަމީ ދަތުރުކޮށްފައިވަނީ 54 ލަނޑުން މާލޭ ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ.

މެޗް ގުރުދިމާވުމުން މިލާން ކުޅެންއަރާ 17 އޯވަރުގެ ތެރޭގައި ވަނީ 175 ލަނޑު ހަދާފައެވެ. ފުރަތަމަ އިނިންގްސްގެ 20 އޯވަރުތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ޔޫސުފް އަޒިޔާން 100 ލަނޑު އަދި އާދަމް ނާސިފު 36 ލަނޑު ހެދިއެވެ. ސައިދުލް އަދި ނީޝަމް ކޮންމެ އުކުންތެރިއެއް އެއްވިކެޓު ނެގިއެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން 121 ލަނޑު ހެދިއެވެ. އާޒިމް އަދި އިބްރާހިމް އަލީ ކޮންމެ ކުޅުންތެރިއެއް 28 ލަނޑު ހެދިއިރު އަލީ ސުނާނާއި އަހުމަދު އަމީލް ކޮންމެ އުކުންތެރިއެއް 2 ވިކެޓު ނެގިއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒިޔާނެވެ.

ދެވަނަ މެޗް ވިޔަންސާއާއި ބައްދަލުކޮށް ސީބީއެލް މެޗު ކާމިޔާބުކޮށްފައިވަނީ 47 ލަނޑުންނެވެ. މެޗުގެ ގުރު ދިމާވުމުން ސީބީއެލް ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 234 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 53 ލަނޑު ހެދި ޕިޔާލް އާއި 47 ލަނޑު ހެދި ކައުސަލް އެވެ. އަދި އަލް އަމީން ވަނީ 2 ވިކެޓު ނަގާފައެވެ. ޖަވާބުގައި ވިޔަންސާ ކުޅެންއަރާ 5 ކުޅުންތެރިން ނުބައިވެގެން 187 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 93 ލަނޑު ހެދި މުޙައްމަދު ރިޝްވާނާއި 42 ލަނޑު ހެދި އިސްމާއިލް އެވެ. ތާރަކަ ވަނީ 3 ވިކެޓު ނަގާފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ތާރަކައެވެ.