ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "ބީ.އެމް.އެލް ނެޝަނަލް ޗެމްޕިއަންޝިޕް 2024" ފަށައިފިއެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ، ނެޝަނަލް ޓެނިސް ކޯޓުގައެވެ. 25 ޖުލައި 2024 އިން 05 އޮގަސްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެކި އުމުރުފުރާތަކުން ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެން ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އެގޮތުން، 68 ފިރިހެން ކުޅުންތެރިންނާއި 56 އަންހެން ކުޅުންތެރިން މުބާރާތުގައި ބައިވެރިވިއެވެ.
ބީ.އެމް.އެލް ނެޝަނަލް ޗެމްޕިއަންޝިޕް، ޓެނިސް މުބާރާތުގައި އެކި އުމުރުފުރާތަކުން، ގާތްގަނޑަކަށް 235 މެޗު ކުޅޭނެއެވެ. އަދި މި މުބާރާތުގައި މާލޭގެ އިތުރުން ޅ. ނައިފަރުގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
ބައިވެރިންގެ އަދަދަށް ބަލާއިރު މި ކުޅިވަރަށް ލިބޭ ތަރުހީބު އާއްމުންގެ މެދުގައި ބޮޑުވަމުންދާކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.