ޚަބަރު

ދޯންޏަކުން ޖެހި ސުނާމީބިނާ މައިޒާނަށް ގެއްލުންތަކެއް


ސުނާމީބިނާ މައިޒާންގެ ރެއިލިންގއަށް ދޯންޏެއް ލައްވެ، ރެއިލިންގގެ 25 ވަރަކަށް ފޫޓް ހަލާކުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހެނދުނު 10:30 ހާއިރު، ފްރެޝް ހައެއް ނަމަކަކަށް ކިޔާ ދޯންޏެއް، ދެކުނުފަރާތު ފަޅުން ވަނުމުގެ ތެރޭގައި ސުނާމި މައިޒާނުގެ ބޭރު ޗެންޗޭނުގަނޑުގައި ޖެހި، އެތަނުގެ 25 ވަރަކަށް ފޫޓު ހަލާކުވެފައިވާކަމަށެވެ.

މި މައްސަލަ ތަޙްޤީޤްކުރަމުންދާ ކަމަށާއި، ދޯންޏާއި، ދޯނި ދުއްވަން އިން ފަރާތް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާކަމަށެވެ.