ޚަބަރު

ކާނަ ވިހަވެގެން މިހާރު ހޮސްޕިޓަލުގައި ފަރުވާދެނީ އެންމެ މީހަކަށް


  • ކާނާ ވިހަވެގެން 32 ދަރިވަރަކަށް ފަރުވާދިން

ކާނާ ވިހަވެގެން ފަރުވާދޭންފެށި ދަރިވަރުންގެތެރެއިން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެތެރެއިން 2 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދިނެވެ. އަދި މިހާރު އެދަރިވަރުންގެ ޙާލު ރަނގަޅުވެ، އެއް ދަރިވަރަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އަނެއް ދަރިވަރަށް މިހާރު ފަރުވާދެމުން އަންނަނީ ވާރޑުގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކަކަށް ފަރުވާދޭން ފެށީ އެރޭގެ ރޭގަނޑުގެ ކެއުމަށްފަހު ކާނާ ވިހަވެގެންނެވެ.

ޕޮލިސް ކޮލެޖުގައި 100 އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ.