ޚަބަރު

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރަނީ ނަމޫނާ އެތުލީޓުންތަކެއް: ވަޒީރު ރާފިޢު


މި ހަފްތާގެ ބުދަދުވަހު ފެށުމަށް ހަމެޖެހިފަވާ ޕެރިސް އޮލިންޕިކްސްގައި ރާއްޖެއިން ތަމްސީލު ކުރަނީ ނަމޫނާ އެތުލީޓުންތަކެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި " ޕެރިސް އޮލިންޕިކްސް 2024" ދިވެހިރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ އެތުލީޓުންނަށް އޮލިންޕިކްސްއިން ފުރުސަތު ލިބިގެން ދިޔުމަކީ ކޮންމެ ކުޅިވަރު އެތުލީޓަކަށް ލިބިގެންދާނެ ޝަރަފަކާއި ފަހުރެއް ކަމަށެވެ.

މިފަހަރު ރާއްޖެއިން އޮލިންޕިކްސްގައި ވާދަކުރަނީ އެތުލީޓުންގެ ސިފަ އޮންމެ ބޮޑަށް އެހެން އެތުލީޓުންނަށް ދައްކުވައިދީފާވާ ނަމޫނާ އެތުލީޓުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭގެ މާނައަކީ ކުޅިވަރު ކުޅޭއިރު އިންޖަރީވެސް ވެދާނެ، އެހެންނަމަވެސް އަޒުމް ނުގުޑާ އެއަށްވުރެން ގަދަ އަޒުމެއްގައި އަނެއްކާވެސް، އައިސް ކުރިއަށްވުރެ ރަނގަޅަށް، ފަރިތަކުރުންތަކުގައި ބައިވެރިވެ ކުރިޔަށް ވުރެ ރަނގަޅަށް ޕާފޯމް ކުރާ އެތުލީޓުން." ރާފިއު ވިދާޅުވިއެވެ.

އެކުދިންނަށް ލިބިފަވާ ޝަރަފު، ޚާއްސަކޮށް ގައުމު ތަމްސީލްކުރަން މޭމަތީގަ ދިދަޖަހައިގެން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ވާދަކުރުމަކީ ބޮޑު ޝަރަފެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ކުޅިވަރުގައި ރާއްޖެ ކުރިޔަށްދާވަރަކުން، ކުރިއެރުންތަކުގައި ހިއްސާވާ އެތުލީޓުން މި ފަހަރުގެ އޮލިމްޕިކްސްގައި ތަމްސީލު ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެތުލީޓުން އެހެން ގައުމުތަކުގައި ވާދަކުރާއިރު އަޒުމާ ހިތްވަރާ ފެންވަރު ދައްކަދޭން ޖެހޭނީ ގައުމުގެ ދިފާއުގައިކަމަށް ވަޒީރު ރާފިޢު ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އެތުލީޓުންގެ އެންމެ ބޮޑު ހިތްވަރެއް މި ކަހަލަ ގޭމްސްއެއްގަ ލާންޖެހޭ ކަމަށާއި، 100 ޕަސެންޓް ކޮންމެ އެތުލީޓެއްވެސް މި ފެންވަރުގެ މުބާރާތަކުން ނެރެންޖެހޭ ކަމަށެވެ.

ވަޒީރުގެ ވާހަކަފަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުމަތިން ރާއްޖޭގެ ލޯންގްޓާމް ކުޅިވަރު ޕްލޭން އެކުލަވާލައި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިޔުމައްޓަކައި ހައިޕާފޯމްސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިފަހަރު އޮލިމްޕިކްސް ވާދަކުރާނީ ފަސް އެތުލީޓުންނެނެވެ. އެ އެތުލީޓުންނަކީ ދެވަނަ ފަހަރަށް ޓްރައިޕާޓޭ ވާދަކުރާ ފުރަތަމަ އެތުލީޓް ބެޑްމިންޓަނުން އައިމިނަތު ނަބާހާ އަބްދުލް ރައްޒާގެ އިތުރުން އެތުލެޓިކްސްއިން އަނިޔާއިން އެނބުރިއައިސް ކުރި ހިއްވަރުން ނަތީޖާ ދައްކުވައިދިން އިބާދުﷲގެ އިތުރުން ސިވިމިންގްގެ ރާއްޖޭގައި ތަމްސީލްކުރެވޭ ފެންވަރު ހުރި ގާބިލް އެތުލީޓެއް ކަމަށްޗާ އާންގެ އިތުރުން އެއް މަސްތެރޭގެ ދެފަހަރަށް 50 މީޓަރުގެ ފެތުމުގެ ރެކޯޑް ހެދި އަންހެން ފެތުންތެރިޔާ އުލްޔާއެވެ. އަދި ފުރަތަމަ ފަހަރަށް އޮލިމްޕިކަށް ކޮލިފައިވި ރާއްޖޭގެ އެތުލީޓް ޓީޓީ ތަރި ފާތުމަތު ދީމާ އަލީވެސް މިފަހަރު ރާއްޖެ ތަމްސީލްކުރާނެއެވެ.