ވިޔަފާރި

ޕަޓާ ޓްރެވަލް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކަށް އަމާޒުކޮށްގެން އިންޑޮނީޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕަޓާ ޓްރެވަލް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕްރޭޓަރސް، މަޓާޓޯއިން ހާމަކޮށްފިއެވެ.

މިފެއަރއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތަކުން މިދާއިރާގެ މަޢުލޫމާތު ޙިއްޞާކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް ކަމަށާއި، މިފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ފަނަރައިގެން ކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށް މަޓާޓޯއިން ބުނެއެވެ. ޕަޓާ ޓްރެވަލް ފެއަރގައި ދުނިޔޭގެ 60 ޤައުމަކުން އެއްހާހަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ.

އިންޑޮނީޝިޔާގައި ބާއްވާ ޕަޓާ ޓްރެވަލް ފެއަރ، ޕީ.ޓީ.އެމް ކުރިޔަށްދާނީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ހަތަކުން ނުވައެއްގެ ނިޔަލަށެވެ.