ޚަބަރު

ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާދެމުންދިޔަ ދެ ދަރިވަރުންގެތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި: ފުލުހުން


  • ދެ ދަރިވަރުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން

ކާނާ ވިހަވެ ހާލު ސީރިއަސްވުމާއި ގުޅިގެން އައްޑޫ އެކުއެޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުންގެ ތެރެއިން އެއްދަރިވަރަކު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ފަރުވާދިންއިރު، އޭގެތެރެއިން 2 ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. އެ ދެ ދަރިވަރުންނަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ.

ފުލުުހުން މިއަދު ވިދާޅުވީ އޭގެތެރެއިން އެއް ދަރިވަރަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށާއި ދެދަރިވަރުންގެ ހާލުވެސް ރަނގަޅުވަމުންއަންނަކަމަށެވެ.
ފުލުހުން ވަނީ އަދި ހާދިސާގައި ޕޮލިސް ކޮލެޖަށް އެހީތެރިކަން ފޯރުކޮށްދެއްވި އައްޑޫގެ ހުރިހާ މުއައްސަސާތަކަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޕޮލިސް ކޮލެޖުގައި 100އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ.