ޚަބަރު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެ


  • އަވަހާރަވީއިރު ޢުމުރުފުޅަކީ 80 އަހަރު

  • އަވަހާރަވީ އޭޑީކޭގައި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ވަނީ އެޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ރައީސް ޞާލިހަށާއި އެމަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.