ޚަބަރު

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކޮށްފި


އަންނަ 2017ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްސް އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭ އިން ބައްދަލުވުމެއް ބާއްވަވައިފިއެވެ.

އެލްޖީއޭއިން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެންމެ މުހިންމުކަމަކީ ކައުންސިލް އިންތިޚާބުގެ ރަސްމީ ފޯކަލް ޕޮއިންޓުންނަކީ ޒިންމާދާރުވެރިން ކަމުގައި ހަމަޖައްސަވައި އިލެކްޝަނަށް ޚަރަދުކުރާ ފައިސާ މެނޭޖްކުރުމެވެ. އަދި މިކަމަށް އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތަކުގެ އެއްބާރުލުން ހޯދައި، ކައުންސިލްތަކާއި އެލްޖީއޭއާއެކު އެއްބަސްވުންތަކެއް ހެދުމަށްވެސް ދެ ފަރާތުން މަޝްވަރާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ޖެނުއަރީމަހު ބާއްވަން ގަސްތުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އޮންލައިންކޮށް ހުޅުވާލެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.