ޚަބަރު

ޓީ20 ޕްރިމިއާ ލީގު: މާލޭ ސްޕޯޓްސް އާއި މިލާނަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ޕްރިމިއާ ލީގުގައި މާލޭ ސްޕޯޓްސް ކުލަބާއި މިލާން ކްރިކެޓު އެކަޑަމީ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗް އޮފްއެފްސީއާއި ބައްދަލުކޮށް މާލޭ ސްޕޯޓްސް ކުލަބުން މެޗު ކާމިޔާބުކުރީ 93 ލަނޑުންނެވެ. އަދި ދެވަނަ މެޗު ވިޔަންސާ އާއި ބައްދަލުކޮށް މިލާން ކްރިކެޓް އެކަޑަމީން މެޗު ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

ފުރަތަމަ މެޗުގެ ގުރު ދިމާވުމުން މާލޭ މާލޭ ސްޕޯޓްސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 20 އޯވަރު ހަމަވިއިރު ހެދިފައިވަނީ 154 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 45 ލަނޑުހެދި އިބްރާހިމް އަލީއާއި 32 ލަނޑުހެދި އަބްދުﷲ ޝާހިދެވެ. ޒިއާއުލްފަހީމުއާއި މުޙައްމަދު އޮލިއުއްލާ، ކޮންމެ އުކުންތެރިއެއް ވަނީ ތިން ވިކެޓު ނަގާފައެވެ.

ޖަވާބުގައި އޮފްއެފްސީ ކުޅެންއަރާ 12 ވަނަ އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 61 ލަނޑެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު ނީޝަމް ނާސިރެވެ.

ދެވަނަ މެޗުގެ ގުރުދިމާވުމުން މިލާން ގަސްދުކުރީ ހޮވުމަށެވެ. ވިޔަންސާ ކުޅެންއަރާ 20 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 136 ލަނޑު ހެދިއެވެ. މީގެ ތެރޭގައި 57 ލަނޑު ހެދި ތަރިދު އާއި 24 ލަނޑު ހެދި ހަސަން ހާޒިގު ފާހަގަކޮށްލެވެއެވެ.

ޖަވާބުގައި މިލާން ކުރިކެޓް އެކަޑަމީ ކުޅެންއަރާ 19 ވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 137 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 65 ލަނޑު ހެދި ޔޫސުފް އަޒިޔާން އާއި 32 ލަނޑު ހެދި މުޙައްމަދު އައްޒާމެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫސުފް އަޒިޔާނެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ 19 ޖުލައިގައެވެ. އެ ދުވަހުގެ ހެނދުނު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލޭ ވެޓަރަންސް އާއި ސީބީއެލްއެވެ. އަދި ދެވަނަ މެޗުގައި މެންދުރުފަހު ބައްދަލުކުރާނީ އޮފުއެފްސީއާއި ވިޔަންސާ އެވެ.