ވިޔަފާރި

އެސްޓީއޯގެ އަހަރީ ޢާއްމު ޖަލްސާ ފަސްކޮށްފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯގެ ފާއިތުވި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، ޢާއްމުކޮށް ބާއްވަންޖެހޭ ތާރީޚަށްވުރެ ފަސްކުރަން ނިންމައިފިއެވެ. 

އެސްޓީއޯއިން ބުނީ އަހަރީ ޢާއްމު ޖަލްސާ ފަސްކުރަން ޖެހުނީ ކުންފުނީގެ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރު ކުރެވިފައި ނުވާތީކަމަށެވެ. އެކަމުގެ ސަބަބުން ކުންފުނިގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ޝާއިޢުކުރުން ފަސްކޮށްފައި ވާކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. އެސްޓީއޯގެ ހިންގާ ޤަވާއިދު ބުނާގޮތުން ފާއިތުވެ ދިޔަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ކޮންމެ އަހަރެއްގެ މޭ މަސް ނިމުގެ ކުރިން ބާއްވަންޖެހެއެވެ.