މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި ދިވެހިން ފަހުރުވެރިވާ ފަދަ ސްޓޭޑިއަމެއް އަޅާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރަނގަޅު ފެންވަރުގެ ސްޓޭޑިއަމެއް ރާއްޖޭގައި އޮންނަންޖެހޭ ކަމަށެވެ. ރާފިޢު ވިދާޅުވީ ކުރިންވެސް ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅަން ބިމެއް ކަނޑައަޅާފައި އޮތްކަމަށާއި، މި ސަރުކާރުން ހަވާލުވިއިރު އެ ބިން އޮތީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެހެން ނަމަވެސް ކުޅިވަރުގެ އިދާރާގެ އެދުމުގެ މަތިން މިހާރު އެ ބިން އެއިދާރާއާއި ހަވާލުކުރެވިފައިވާ ކަމަށާއި މިހާރު ކުރެވެމުންދާ މަސައްކަތަކީ އެތަނުގައި ސްޓޭޑިއަމް އަޅަށް ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ރާފިޢު ވިދާޅުވިއެވެ.
"ކުރެހުން އެބަހުރި ކުރަހާފަވެސް ޑިޒައިންތަކާ އެއްޗެހިވެސް، ފައިސާ ލިބޭނެ ގޮތެއްގެ މަސައްކަތް މިހާރު އަޅުގަނޑުމެންނަށް ކުރެވެމުން މިދަނީ، ވީހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނަން." ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ފަސްއަހަރު ނިމިގެންދާއިރު ހުޅުމާލޭގެ އެ ބިމުގައި "އައިކޮނިކް" ސްޓޭޑިއަމެއް ޤާއިމުވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
""ކުރެހުން އެބަހުރި ކުރަހާފަވެސް ޑިޒައިންތަކާ އެއްޗެހިވެސް، ފައިސާ ލިބޭނެ ގޮތެއްގެ މަސައްކަތް މިހާރު އަޅުގަނޑުމެންނަށް ކުރެވެމުން މިދަނީ، ވީހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނަން."ޢަބްދުﷲ ރާފިޢު- ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު