ޚަބަރު

ހަނގުރާމަތަކުގައި މަރުވަމުންދާ ކުޑަކުދިންނާ މެދު ހިތާމަ ކުރަން: މޯދީ


ހަނގުރާމައިގެ ޝިކާރައަކަށްވެ ގެއްލެމުންދާ ކުޑަކުދިންގެ ފުރާނަތަކާ މެދު ހިތާމަ ކުރައްވާ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި މޯދީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ޔޫކްރެއިންގެ ވެރިރަށް ކީވްގައި ހުންނަ ކުޑަކުދިންގެ ހަސްފަތާލަކަށް ރަޝިޔާގެ ފައުޖުތަކުން ޙަމަލާ ދީފައިވާ ދަނޑިވަޅެއްގައެވެ.

މޯދީ ރަޝިޔާއަށް ވަޑައިގަންނަވާފައި މި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގައެވެ. މޯދީގެ ދަތުރުފުޅާ އެކު, މި ކަމާ ގުޅޭ ނުވަ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. އޭގެ ތެރޭގައި ނިއުކްލިޔަރ ހަކަތައާއި ބޭސްވެރި ކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި, 2023ވަނަ އަހަރުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ އަގު 100 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރު ކުރުން ހިމެނެއެވެ.

ޕުޓިންއާ ވާހަކަފުޅު ދައްކަވަމުން މޯދީ ކުޑަކުދިންގެ މަރުތަކަށް އިޝާރާތް ކުރެއްވުން މިއީ, ޕުޓިންގެ ކުރިމަތިފުޅުގައި އެހެން ޤައުމެއްގެ ވެރިއަކު އޭނާއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ ފުރަތަމަ ފަހަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މޯދީއަކީ ޕުޓިންގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި, އަދި އެންމެ ގާތް އެއް ރަޙުމަތްތެރިޔާގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

"ހަނގުރާމައިގައި ނަމަވެސް, ނިރުބަވެރި ޙަމަލާއެއްގައި ނަމަވެސް, ޢާންމުންގެ ފުރާނަ ގެއްލޭތަން ދެކެން އެއްވެސް އިންސާނިއްޔަތުތަކެއް ކުރި މީހެއްގެ ހިތަކަށް ކުޅަދާނައެއް ނުވާނެ. އޭގެ ތެރެއިން ވެސް, ކުށެއް ނެތް ކުޑަކުދިން މަރުވާ ނަމަ, އެ މީހެއްގެ ހިތުން ލޭ އަންނާނެ. އެއީ, ބިރުވެރި ހިތާމަވެރި މަންޒަރެއް،" މޯދީ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ވެރިރަށް ކީވްގައި ހުންނަ ކުޑަކުދިންގެ ހަސްފަތާލަށް ޙަމަލާ ދީފައި ވަނީ ރަޝިޔާއިން ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އަދި, އެ ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ކޭއެޗް-101 މަރުކާގެ ކްރޫޒް މިސައިލްގެ ބައިތައް, ހަސްފަތާލުގެ ސުންނާފަތި ކޮށްލާފައިވާ ޢިމާރާތުގެ ތެރެއިން ފެނިފައިވާ ކަމުގައި ވެސް ޔޫކްރެއިނުން ބުންޏެވެ. ޖުލައި 8ވަނަ ދުވަހު ކީވާއި ރަޝިޔާގެ ބޮޑެތި ރަށްތަކަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 44އަށް އުފުލިފައެވެ.

ހަސްފަތާލަށް ދިން ޙަމަލާގައި ދެ މީހުން މަރުވެ, އިތުރު 50 މީހުން ޒަޚަމުވެފައިވާއިރު, ޒަޚަމު މީހުންގެ ތެރޭގައި އަށް ކުޑަކުދިން ހިމެނޭ ކަމުގައި އެ ހަސްފަތާލުގެ އޮފިޝަލުން ބުންޏެވެ. ނަމަވެސް, ރަޝިޔާއިން ވަނީ ހަސްފަތާލަށް އަމާޒުކޮށް ގަސްދުގައި ޙަމަލާ ދީފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ. ރަޝިޔާއިން ބުނީ, ހަސްފަތާލަށް ގެއްލުންވީ ޔޫކްރެއިނުން ބޭނުން ކޮށްފައިވާ ދިފާޢީ މިސައިލެެއްގެ ސަބަބުން ކަމުގައެވެ. ނަމަވެސް, އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ރަޝިޔާއިން ހާމަކޮށްފައެއް ނެތެވެ.

އެ ޙަމަލާއާ ގުޅިގެން މޯދީ ޕުޓިންއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު, މިއީ އޭނާ ޕުޓިންއަށް ފާޑުވިދާޅުވެފައިވާ ފުރަތަމަ ފަހަރު ނޫން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. 2002ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ މިއީ ހަނގުރާމަ ކޮށްގެން ކަންކަން ހާސިލު ކުރުމުގެ ޒަމާން ނޫން ކަމުގައި ވިދާޅުވެފައެވެ. ޕުޓިން ވަނީ އެ ކަމާ އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް, ޔޫކްރެއިނަށް އަރައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ އިންޑިޔާއިން ރަސްމީ ހައިސިއްޔަތެއްގައި ކުށްވެރި ކޮށްފައެއް ނުވެއެވެ.

މޯދީގެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ހަކަތައިގެ ދާއިރާއިން ގުޅުންތައް ބަދަހި ކުރަން ކަމުގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތްރާ ވިދާޅުވިއެވެ. މި ގޮތުން, ރަޝިޔާގެ ތެޔޮ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރޮސްނިޔެފްތުން ތެޔޮ ގަންނަ މިންވަރު އިތުރު ކުރުމާއި, ރަޝިޔާއިން އުފައްދާ ބޯޓުދެލި ގަންނަ މިންވަރު އިތުރު ކުރުމާ ގުޅޭ ގޮތުން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އިންޑިޔާ ވެގެން ގޮސްފައި ވަނީ ރަޝިޔާގެ މުހިންމު ބައިވެރިއަކަށެވެ. ސަބަބަކީ, އެމެރިކާއިން އިސްވެ ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާ އެކަހެރި ކޮށްލަން ކުރަމުންދާ މަސައްކަތްތަކެވެ. އިންޑިޔާއާ އެކު ގާތް ގުޅުންތަކެއް ދެމެހެއްޓުމުގެ ބޭނުމަކީ, ރަޝިޔާ އެކަހެރި ކޮށްލަން އެމެރިކާއާއި ހުޅަނގުން ކުރަމުންދާ މަސައްކަތްތައް ފޭލުވެފައިވާ ކަން ސާބިތު ކޮށްދިނުމެވެ.