ވިޔަފާރި

އެމްއެމްޕީއާރުސީން އިންޑިޔާގައި ރޯޑް ޝޯވތަކެއް ފަށައިފި


އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އިންޑިޔާއަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމުގެ ގޮތުން އިންޑިއާގެ 3 ސިޓީއެއްގައި ރޯޑް ޝޯވތަކެއް ކުރިޔަށް ގެންދަން ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއިން އިސްނަގައިގެން އިއްޔެ ފެށި މިރޯޑް ޝޯވތައް މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މިއަހަރު ރޯޑްޝޯވތައް ކުރިޔަށްދަނީ، އިންޑިއާގެ ލަކްނޯއާއި، ޗަންދިގަރާއި ޕޫނޭ އަދި ހައިދަރުއާބާދުގައެވެ. މި ރޯޑް ޝޯވތަކުގައި އެމް.އެމް.ޕީ.އާރް.ސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 5 ފަރާތަކުން ބައިވެރިވެއެވެ.

އެމްއެމްޕީއާރްސީން މިދިޔަ އަހަރުވެސް ވަނީ އިންޑިޔާގެ ބޮޑެތި 3 ސިޓީއެއްގައި ރޯޑް ޝޯވްތަކެއް ބާއްވާފައެވެ. އިންޑިޔާއަކީ، 6 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމެވެ. މިއަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި އިންޑިޔާއިން ރާއްޖެއަށް ސާދަ ހާހަހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.