ދީން

26 ވަނަ އިސްލާމީ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


26 ވަނަ ޢަރަބި އިސްލާމީ ކޮންފަރެންސްގައި ރާއްޖެ ބައިވެރިވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ މުސްލިމުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި، މުސްލިމް ޖަމާޢަތްތަކުގެ އިސްލާމީ ވަޙުދަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމާމެދު މަޝްވަރާ ކުރައްވައިފިއެވެ.

މިސްރުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 31 ޤައުމަކުން ބައިވެރިވެ، ޤައުމުތަކުގެ ފެންވަރުގައާއި ފަރުދުންގެ ފެންވަރުގައި އިސްލާމި ވަޙުދަތު ޙިމާޔަތް ކުރުމަށް ކުރެވިދާނެ 15 ކަމަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާކަމަށް، އިސްލާމިކް މިނިސްޓްރީން މަޢުލޫމަތު ދެއްވައެވެ.

img:http://s3.psmnews.mv/images/660x400/14634691705257.jpg|26 ވަނަ އިސްލާމިކް ކޮންފަރެންސްގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް ކޮންފަރެންސުގައި  މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި 21 ވަނަ ގަރުނުގައި އިސްލާމް ދީނަށް ހުރި ބައެއް ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއި މުސްލިމުންނަށް ކުރިމަތިވާ އެހެނިހެން  މައްސަލަތައް ހިމެނެއެވެ.

މިމަހުގެ 14 އިން 15 އަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް އަލްއުސްތާޛް ޢަލީ ވަޙީދު ޢަބްދުއްރަޙްމާންއެވެ.