ކުޅިވަރު

އުރުގުއޭ އިން ކޮންމެ ޓީމަކާ ދެކޮޅަށް ނިކުންނަން އޮތީ ތައްޔާރަށް: ބިއެލްސާ


"
އަހަރެން ބޭނުންވީ އޮފެންސިވް ފުޓްބޯޅަ ކުޅުވަން، އެކަމަކު މި މެޗުގައި ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް ރަނގަޅަށް ޑިފެންސްވެސް ކޮށްފައިވަނީ.
އުރުގުއޭގެ ކޯޗު، މާސެލޯ ބިއެލްސާ

ކޮޕާ އެމެރިކާ 2024 ގެ ކުއާޓާ ފައިނަލްގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށްފަހު އުރުގުއޭގެ ކޯޗު، މާސެލޯ ބިއެލްސާ ބުނީ، ސެމީ ފައިނަލްގައި ކޮންމެ ޓީމަކާ ދެކޮޅަށް ނިކުންނަންޖެހުނަސް އެކަމާ ކުރިމަތިލާން އޭނާގެ ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ހާލަތުގައި ކަމަށެވެ.

މިދިޔަ 29 އަހަރުގެ ތެރޭގައި ކޮޕާ އެމެރިކާގެ ސެމީގައި ފުރަތަމަ ފަހަރަށް ބްރެޒިލްގެ މައްޗަށް އުރުގުއޭ އިން ކުރިހޯދި މެޗަށްފަހު ދެއްކި ވާހަކައިގައި އުރުގުއޭގެ ކޯޗު، މާސެލޯ ބިއެލްސާ ބުނީ، މެޗުގައި އޭނާ ބޮޑަށް ކުޅުވަން ބޭނުންވަނީ އޮފެންސިވް ފުޓްބޯޅަ ކަމަށްވީނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް، ރަނގަޅަށް ޑިފެންސްކޮށްފައިވާ ކަމަށެވެ.

ބްރެޒިލް މެޗުގައި ހިނގައިދިޔަ ކޮންމެ ކަމެއް ވެސް ދިޔައީ އުރުގުއޭގެ ސްޓައިލްގައި ކަމަށާއި، ކުޅުންތެރިން ވެސް ވީ އެންމެ ރަނގަޅަށް މަސައްކަތްކުރަނީ އެކަމަށްޓަކައި ކަމަށް ވެސް ބިއެލްސާ ބުންޏެވެ.

މެޗުން މޮޅުވާން ބޭނުންވި ހުރިހާ ކަމެއް ވެސް އޭނާގެ ކުޅުންތެރިން ކޮށްފައިވާ ކަމަށް ވެސް ބިއެލްސާގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި މުޅި މެޗުގައި އުރުގުއޭ ޓީމަށް ލަނޑުޖަހަން ތިން ފުރުޞަތު ތަނަވަސްކުރުވުމުން އޭނާ ހިތްހަމަނުޖެހުނު ނަމަވެސް އިދިކޮޅު ޓީމަށް އެންމެ ދެ ފުރުޞަތު ތަނަވަސްކުރެވުނު ކަމަށްޓަކައި އޭނާ އުފާވާ ކަމަށް ބިއެލްސާ ބުންޏެވެ.

ލަނޑުޖަހަން ތަނަވަސްކުރީ ކޮންމެ ފުރުޞަތަކަށްވެސް ނުހަނު ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ފުރިހަމަވަގުތު ތެރޭގައި ލަނޑެއްނުޖެހުނު ނަމަވެސް އެކަމާ ހިތްހަމަޖެހޭ ކަމަށް ބިއެލްސާ ވަނީ ބުނެފައެވެ.

މުބާރާތުގެ ސެމީގައި އުރުގުއޭ އާ ކޮލަމްބިއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ފަތިހު ރާއްޖޭގަޑިން 5 ޖަހާއިރު އެވެ.