 
										
			ށ. ވަނގާރުން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް، ރޭ ފަރަށް އަރައި ދިޔަވާތީ، ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. 
އެމްއެންޑީއެފުން ވިދާޅުވީ ފަރަށް އަރާފައިވަނީ 10 މީހުންނާއެކު ދަތުރުކުރަމުންދިޔަ "ނަސްފަރު" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. 
75 ފޫޓުގެ "ނަސްފަރު" ދޯނި އަރާފައިވަނީ ރޭ ދަންވަރު ނ. ލޯފަރު ފަރަށް ކަމަށާއި ފަރަށް އެފިފަހުން އެދޯނި ދިޔަވާތީ، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާވައިވަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.