ޚަބަރު

ވިލިމާލެ އައު ޓާރމިނަލްގެ މަސައްކަތް މި އަހަރުތެރޭގައި ފަށާނެ


ވިލިމާލެ ޓާރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި، ވަގުތީ ފެރީޓާރމިނަލް އެޅުމުގެ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ. img:http://s4.psmnews.mv/images/660x400/14633923576206.jpg|މާލޭގައި އަލަށް އަޅަން ހަމަޖެހިފައިވާ ވިލިމާލޭ ފެރީ ޓަރމިނަލްގެ ޑިޒައިން - ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ އެގްޒެކެޓިވް ބިއުރޯގެ ހެޑް ޝިފާޢު ޢަލީ ވިދާޅުވީ، ވިލިމާލެ ވަގުތީ ޓާރމިނަލް އެޅުމަށް ނިންމާފައިވަނީ، ވިލިމާލެ ޓާރމިނަލް ކައިރީ ސައިކަލް ޕާކުރާ ހުސްބިމުގައި ކަމަށެވެ. އައު ޓާރމިނަލްގެ މަސައްކަތަށް ގާތްގަނޑަކަށް ވިހި މިލިއަން ޔޫއެސް ޑޮލަރު ހޭދަވާނެކަމަށް އެމްޓީސީސީން ލާފާކުރެއެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ މިކަމަށް ފައިސާ ހޯދުމާއި، ޑިޒައިން ފައިނަލްކުރުމުގެ މަސައްކަތް ކަމަށެވެ. img:http://s4.psmnews.mv/images/660x400/14633923981972.jpg|މާލޭގައި އަލަށް އަޅަން ހަމަޖެހިފައިވާ ވިލިމާލޭ ފެރީ ޓަރމިނަލްގެ ޑިޒައިން - ފޮޓޯ: އެމްޓީސީސީ

ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ޑިޒައިންވެސް ފައިނަލްކުރެވޭނެ ކަމަށެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ވިލިމާލެ ޓާރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ވިލިމާލެ ޓާރމިނަލް ހުރިތަނުގައި 12 ފަންގިފިލާގެ ޢިމާރާތެއް އަޅުމަށް ވަނީ ހަމަޖެހިފައިވާއިރު، މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި 12 ފަންގިފިލާގެ ޢިމާރާތުގައި، ވިޔަފާރި އުޞޫލުން ދޫކުރާ ތަންތަނާއި، ރީޓެއިލް ވިޔަފާރިކުރާ ތަންތަނާއި ރެސްޓޯރެންޓްތައްވެސް ހިމެނޭނެކަމަށް އެމްޓީސީސީން ބުނެއެވެ. img:http://s4.psmnews.mv/images/660x400/14633924242188.jpg|މާލޭގައި އަލަށް އަޅަން ހަމަޖެހިފައިވާ ވިލިމާލޭ ފެރީ ޓަރމިނަލްގެ ޑިޒައިން - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ދަށުން ބިނާކުރާ 12 ފަންގިފިލާގެ ޢިމާރާތް ހަދަން ނިންމާފައިވަނީ، ވަގުތީ ޓާރމިނަލް އެޅުމަށް ނިންމާފައިވާ ބިމުގައެވެ. އަދި ދެވަނަ އިމާރާތުގެ 4 ފަންގިފިލާ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ޕާކިންގއަށެވެ. ލައުންޖްތަކާއި، ހޮޓެލް ފެސިލިޓީސްވެސް އެ ޢިމާރާތުން ލިބެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. މި ދެ ޢިމާރާތް ނިމޭއިރު، ބްރިޖަކުން ދެ ޢިމާރާތް ގުޅިގެންދާނެކަމަށް އެމްޓީސީން ބުނެއެވެ. img:http://s3.psmnews.mv/images/660x400/14633924538141.jpg|މާލޭގައި އަލަށް އަޅަން ހަމަޖެހިފައިވާ ވިލިމާލޭ ފެރީ ޓަރމިނަލްގެ ޑިޒައިން - ފޮޓޯ: އެމްޓީސީސީ