ޚަބަރު

ހިޖުރީ އައު އަހަރު ފެށޭ ދުވަހަށް ބަދަލެއް ނާދޭ


  • މިމަހުގެ 6 ވަނަ ދުވަހަކީ 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 30 ވަނަ ދުވަސް

  • 1446 ވަނަ އަހަރުގެ މުޙައްރަމް މަސް ފެށޭނީ މިމަހުގެ 7 ވަނަ ދުވަހު

1446 ވަނަ އަހަރުގެ ހިޖުރީ އައު އަހަރު ފެށޭ ދުވަހަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ އަރަފާތްދުވަސް އެއްގޮތް ކުރުމަށްޓަކައި ޙައްޖުމަހު ކަލަންޑަރަށް ބަދަލުގެނައި ނަމަވެސް ހިޖުރީ އައު އަހަރު ފެށޭ ދުވަހަށް ބަދަލު ނާންނަކަމަށެވެ.

އެހެންކަމުން މިހިނގާ ޖުލައި 6 ވަނަ ދުވަހަކީ 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 30 ވަނަ ދުވަސް ކަމަށާއި، ކުރިއެކޭވެސް އެއްފަދައިން 1446 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހަކީ މިޖުލައި މަހުގެ 7 ވަނަ ދުވަސްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ހިޖުރީ ކަލަންޑަރަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.