ވިޔަފާރި

ނައިޓް މާރކެޓަށް އެއްދުވަސް އިތުރުކޮށްފި


މޯލްޑިވްސް މިއުޒިކް އެންޑް އާރޓް ސެންޓަރ, އެމްއެމްއޭސީން އިންތިޒާމްކޮށްގެން މިމަހުގެ އެއްވަނަ ދުވަހު ފެށި ނައިޓް މާރކެޓަށް އެއްދުވަސް އިތުރުކޮށް، މާދަމާވެސް ނައިޓް މާރކެޓް ކުރިޔަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ. 

ކުރިން ހަމަޖައްސަވާފައި އޮތް ގޮތުން ނައިޓް މާރކެޓް ނިންމާލުމަށް ހަމަޖެހިފައި އޮތީ އާދީއްތަދުވަހުގެރެއެވެ. ނަމަވެސް މިހާރު ހަމަޖައްސާފައިވާ ގޮތުން ނައިޓް މާރކެޓް ނިންމާލާނީ މާދަމަރޭ ކަމަށް މޯލްޑިވްސް މިއުޒިކް އެންޑް އާރޓް ސެންޓަރއިން މައުލޫމާތުދެއެވެ. އެމްއެމްއޭސީ ޗެއަރމަން ޢަލީ ޢަބްދުލްކަރީމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ނައިޓް މާރކެޓަށް އެއްދުވަސް އިތުރުކުރެއްވީ ވިއްސާރައިގެ ސަބަބުން ނައިޓް މާރކެޓްގެ އެއްދުވަސް މެދުކެނޑިފައިވާތީ ކަމުގައެވެ. 

މިއަހަރުގެ ނައިޓް މާރކެޓް ކުރިޔަށްދަނީ 350 މޭޒާއެކު ކާނިވާ ސަރަޙައްދުގައެވެ.