ޚަބަރު

ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ އަސާސީ ހައްގުތައް ޔަޤީންކޮށްދެން: ޝިފާން


  • ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް އަސާސީ ޙައްގުތައް ޔަޤީންކޮށްދޭ ކަމަށް ވިދާޅުވި

  • އަދި އެއުސޫލުގެ ދަށުން ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތު ދީފައިވާކަމަށް

ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްގުތައް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަޤީންކޮށްދޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝިފާން ވިދާޅުވީ ފުލުހުންގެ ބަންދުގައި ހުރި ފަރާތަކަށް ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ފުލުހުން ނުދިން ކަމަށް ބުނެ ނޫހެއްގައި ޝާޢިއުކޮށްފައިވާ އާޓިކަލްގައި ހުރީ ހަޤީގަތާއި ޚިލާފު މަޢުލޫމާތުކަމަށެވެ.

އަދި ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްގުތައް އަބަދުވެސް އުސޫލުތަކުގައިވާ ގޮތަށް އެފަރާތްތަކަށް ޔަޤީންކޮށްދޭ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އެއުސޫލުގެ ދަށުން ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުވެސް ދީފައިވާކަމަށެވެ.