ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: މާލޭ ސްޕޯޓްސް އާއި ސީބީއެލްއަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުތައް މާލޭ ސްޕޯޓްސްއާއި ސީބީއެލް ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗް މާލޭ ވެޓްރަންސްއާއި ބައްދަލުކޮށް މާލޭ ސްޕޯޓްސް މެޗު ކާމިޔާބުކުރީ 51 ލަނޑުންނެވެ. ދެވަނަ މެޗް ވިޔަންޒާ އާއި ބައްދަލުކޮށް ސީބީއެލް ކާމިޔާބުކުރީ 37 ލަނޑުންނެވެ.

ފުރަތަމަ މެޗް ގުރު ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެންއަރާ 9 ކުޅުންތެރިން ނުބައިވެގެން 20 އޯވަރު ހަމަވިއިރު 174 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި އަބްދުލް ހަލީލް އާއި 54 ލަނޑު ހެދި މުޙައްމަދު ޝިޔާމް އަދި 37 ލަނޑު ހެދި މުޙައްމަދު އަންވަރެވެ. މީގެއިތުރުން މުޙައްމަދު ދިލްޝާން، ކަސުން އަދި އަދުނާން ކޮންމެ އުކުންތެރިއަކު ދެ ވިކެޓު ނެގިއެވެ.

ޖަވާބުގައި މާލޭ ވެޓަރަންސް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 123 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 43 ލަނޑު ހެދި އާސަ ޔާފާ އެވެ.

ދެވަނަ މެޗް ގުރުދިމާވުމުން ސީބިއެލް ކުޅެންއަރާ 20 އޯވަރު 6 ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 56 ލަނޑު ހެދި މަލިތު އާއި 22 ލަނޑު ހެދި ސަވިންދާ އެވެ.

ޖަވާބުގައި ވިޔާންޒާ ކުޅެންއަރަ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 130 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މުޙައްމަދު ރިޝްވާން އާއި 23 ލަނޑު ހެދި ހަސަން ހާޒިގެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި ފެށި މި މުބާރާތުގައި މިއަހަރު 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ މިލާން ކްރިކެޓް އެކަޑަމީ، ސީބިއެލް ސްޕޯޓްސް، މާލޭ ވެޓްރަންސް، ވިޔަންޒާ، އޮފްއެފްސީ އަދި މާލޭ ސްޕޯޓްސް ކުލަބްއެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 28 އިން ޖުލައި މަހުގެ 20 އަށެވެ.