ސިއްހަތު

ބުރުޒުމަގު ގޭޓުން އައިޖީއެމްއެޗަށް ވަދެވޭނީ އެމަޖެންސީ ވެހިކަލަށް


އައިޖީއެމްއެޗްގެ ބުރުޒުމަގާވީ ފަޅީގެ ގޭޓުން މިހާރު ވަދެވޭނީ އެމަރޖެންސީގައި އަންނަ، އެންބިއުލަންސް ފަދަ ވެހިކަލްތަކަށް އެކަނި ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އައު އިމާރާތް އެޅުއްވުމަށްޓަކާ ސައިޓް ތައްޔާރުކުރުމަށް އެ ހޮސްޕިޓަލުންވަނީ ހޮސްޕިޓަލުގެ ދެކުނު ފަރާތުގެ ގޭޓްތަކަށް ބަދަލުތަކެއް ގެންނަވާފައެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އައު އިމާރާތް އެޅުމަށް ސައިޓް ތައްޔާރު ކުރަމުންދާއިރު، އައިޖީއެމްއެޗްއަށް ވަންނަ ގޭޓްތަކަށް މިވަނީ ބަދަލްތަކެއް ގެނެސްފައެވެ. މިގޮތުން ކުރިން އައިޖީއެމްއެޗްގެ ދެކުނު ފަރާތު ބުރުޒުމަގުން އެ ހޮސްޕިޓަލަށް ވަންނަން ދާން އޮންނަ އުސް މަގު މިހާރުވަނީ ބަންދުކޮށް ސެކިއުރިޓީ ޗެކްޕޯސްޓެއް އެމަގުގައި ޤާއިމުކުރައްވާފައެވެ. img:http://s1.psmnews.mv/images/660x400/14632956715222.jpg|އެމަޖެންސީގައި އަންނަ ވެހިކަލްތައް އައިޖީއެމްއެޗަށް ވަނުމަށް ހަދާފައިވާ މަގު - ފޮޓޯ: ޕީއެސްއެމް އައިޖީއެމްއެޗްއިން ވިދާޅުވީ މިހާރު އެމަގުން ވަނުމުގެ ހުއްދަ ހަމައެކަނި ދެއްވަނީ އެމަރޖެންސީގައި ބަލިމީހުން ގޮވައިގެން އަންނަ ވެހިކަލްތަކަށް އެކަނިކަމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗް ތެރޭގައި ހުންނަ އެސްޓީއޯ ބޭސްފިހާރައަށް އަންނަ ފަރާތްތަކަށް ހިނގާފައި އެމަގުން އަދިވެސް ވަދެވޭނެކަމަށް އައޖީއެމްއެޗްއިން މަޢުލޫމާތުދެއްވައެވެ. ކުރިން ބަލިމީހުންގެ ވޯޑްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ބެނުންކުރަމުން ދިޔައީ އައިޖީއެމްއެޗްގެ ދެކުނު ފަރާތު ގޭޓު ނަމަވެސް މިހާރު ވޯޑްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށް ހޮސްޕިޓަލުގެ އިރުމަތީފަރާތުން ބޮޑު ތަކުރުފާނު މަގަށް ވާގޮތަށް ވަނީ ގޭޓެއް ހައްދަވާފައެވެ. img:http://s4.psmnews.mv/images/660x400/14632957110751.jpg|އެމަޖެންސީގައި އަންނަ ވެހިކަލްތައް އައިޖީއެމްއެޗަށް ވަނުމަށް ހަދާފައިވާ މަގުން މީހަކު ހިނގާފައި އަންނަނީ - ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗަށް ވަނުމަށް މިހާރު ޖުމްލަ 4 ގޭޓެއް ހައްދަވާފައިވާއިރު އެމީހަކު ހޯދަން އަންނަ ޚިދުމަތެއް ލިބޭތަނަކާއި އެންމެ ކައިރީގައި ހުރި ގޭޓެއް ބޭނުންކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރައްވައެވެ. އައިޖީއެމްއެޗްގެ ގޭޓްތަކަށް ބަދަލުތަކެއް ގެންނަވާފައިވާއިރު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަޞޭހަ ވާނެ ގޮތްތަކަށް އިންތިޒާމްތައް ހަމަޖެއްސެވުމުގެ ގޮތުން އާބާތުރުފިލުވުމުގެ ގިނަ މަސައްކަތްތަކެއްވެސް މިހާރު ހޮސްޕިޓަލުގައި ހިންގަވަމުން އެބަގެންދަވައެވެ.