ސިއްހަތު

މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިނުގައި އެމްއެންޑީއެފް


މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިނުގައި އެމްއެންޑީއެފްގެ މަރުކަޒުތަކާއި އޭރިއާތައް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ކެމްޕެއިންގައި ސިފައިންގެ މަރުކަޒުތަކާއި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އޭރިއާތަކުގައި ހިމެނޭ ހުރިހާ ޕޯސްޓްތަކެއްގައި، މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ފަރާތުން މަދިރި މަދުކުރުމަށްޓަކައި މާލެ ސިޓީގެ މަގުތަކަށް ފޮގުޖެހުމުގެ މަަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. img:http://s3.psmnews.mv/images/660x400/14632263939621.jpg|މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭނުގައި އެމްއެންޑީއެފުން ބައިވެރިވުން - ފޮޓޯ: އެމްއެންޑީއެފް

މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއް ރަޢޫފާއި އެމްއެންޑީއެފްގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.