1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ރާއްޖެއިން 1150 މީހުން ދިޔައެވެ. މިއީ ޙައްޖު ކޯޕަރޭޝަންގެ އެހީގައި ރާއްޖެއިން ހައްޖަށް އެންމެ ގިނަ ޢަދަދަށް މީހުން ގެންދިޔަ އަހަރެވެ. މިހާ ގިނަ ބަޔަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައިރު، މިފަހަރު، އެހެން އަހަރުތަކާއި އަޅާބަލާއިރު ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ފުރިހަމަވުމާއެކު ގިނަ ބަޔަކު ވަނީ ތަޢުރީފްކޮށްފައެވެ.
މީގެ ކުރިން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ ޙައްޖާޖީން އެއް ހޮޓަލަށްވުރެ ގިނަ ހޮޓަލުގައި ހުރުމުގެ އިންތިޒާމު ހަމަޖެއްސިނަމަވެސް، މިއަހަރު ޙައްޖާޖީން ތިބުމުގެ އިންތިޒާމު އެހާމެ ފުރިހަމަވެފައި ފަސޭހައެވެ. އެހެނީ މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ދިވެހި ޙައްޖާޖީން މައްކާގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އެއް ހޮޓަލެއްގައެވެ.
ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ފަހުގެ… pic.twitter.com/OOXJ8guPeK
— Mohamed Shakeel 🇲🇻 (@schakyyl) June 20, 2024
ހަމައެހެންމެ ޙައްޖާޖީން ދަތުރު ކުރުމަށް އޭސީ ބަސްތައް ހަމަޖައްސައި ދީފައިވެއެވެ. ބަލި މީހުން ހިމެނޭހެން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައިި ދިޔަ ހުރިހާ ޙައްޖާޖީންގެ ތެރެއިން ޠަބީޢީ މަރަކުން ނިޔާވި ޙާޖީ ފިޔަވާ ހުރިހާ އެންމެންނަށް ޙައްޖުގެ އެންމެ މުހިންމު ރުކުންކަމަށްވާ ޢަރަފާތަށް ދެވުނެވެ.
އަދި ހުރިހާ ޙާޖީންނަށް ޙައްޖާ ގުޅުންހުރި އެހެނިހެން ކަންކަންވެސް ފުރިހަމަކުރުމުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސައިދީފައެވެ.
މިނާގައި އެންމެ ފަހު ދުވަސް ހޭދަ ކުރެއްވުމަށްފަހު ދިވެހި ޙައްޖުވެރިން މައްކާއަށް ވަޑައިގަތުމަށް ތައްޔާރުވެފައި. pic.twitter.com/J75MhMpyfm
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) June 19, 2024
ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖުވެރިންވަނީ ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ވަރަށް ފުރިހަމަ ކަމަށް ބުނެފައެވެ. ޚާއްޞަކޮށް ކެއުމާއި ހުރުމާއި އަދި އަޅުކަންތައް އަދާކުރުމުގައި އެ ކޯޕަރޭޝަނުން ހުރިހާ މަރުހަލާއެއްގައި އެހީތެރިވެދިންކަން އެ ޙައްޖާޖީން އުފަލާއެކު ފާހަގަކުރެއެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅު ހައްޖު ކޯޕަރޭޝަންގެ ހުރިހާ ކަމެއްވެސް. ކެއުންވެސް ހުރުންވެސް ނިދުންވެސް. މުޅި ޖުމްލަކޮށް ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ހިތްދަތިކަމެއް ދިމާލެއް ނުވޭ ކޯޕަރޭޝަން ފަރާތުން " ހައްޖުގެ އަޅުކަން އަދާކުރި ޙާޖީއަކު ބުންޏެވެ.
ދިވެހި ޙައްޖުވެރިން މިނާއިން މައްކާއަށް ދަތުރުފެެއްޓެވުން. pic.twitter.com/vUmekfO5Zj
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) June 19, 2024
ޙައްޖުވެރިން ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ބަލައިގަތީ ޝުކުރުވެރިކަމާއެކުއެވެ.
"އަޅުގަނޑަކާ ދިމައެއްނުވޭ ހިތްތަހަމަ ނުޖެހޭ އެއްވެސް ކަމަކާ. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު. ހުރިހާ އެހީތެރިންވެސް ވަރަށް ރަނގަޅު. " އިތުރު ޙާޖީއަކު ކިޔައިދިނެވެ.
މިއަހަރު ހައްޖަށް ވަޑައިގެންނެވި ދިވެހި ޙައްޖުވެރިއެއްގެ ޝުޢޫރު pic.twitter.com/KC22HpGf6x
— Ministry of Islamic Affairs (@MVIaffairs) June 22, 2024
މިއަހަރު ޙައްޖާޖީންނަށް އެހީވުމަށް ތިބީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނެއް ނޫނެވެ. ސަޢުދި ޢަރަބީއްޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ޙައްޖުގެ އަޅުކަންތަކުގައި ބައިވެރިވެ ޙައްޖާޖީންނަށް އެހީތެރިވުމަށް ފުރުޞަތު ދިނެވެ. މިއީ މީގެ ކުރިން ސަޢުދީގައި ކިޔަވާ ދަރިވަރުންނަށް ލިބުނު ފުރުޞަތެއް ނޫންނެވެ.
ދިވެހި ޙައްޖުވެރިން ޖަމްރާތަކަށް ހިލައުކުން#ޙައްޖު 1445#hajj1445#MVIaffairs#mvhajj1445 pic.twitter.com/dRd9HWUFUi
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) June 19, 2024
ޙައްޖާޖީންނަށް އެހީވުމުގައި ހަރަކާތްތެރިވި ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދެއްވާ ޙައްޖާޖީންނާއެކު އަޅުކަން އަދާކުރުމުގެ ފުރުސަތުދިނުން އެ ދަރިވަރުން ބަލައިގަތީ ވަރަށް ހިތްހަމަޖެހުމާ ޝުކުރާއެކުއެވެ.
"އަޅުގަނޑުގެ އުންމީދަކީ މިިކަން ނުހުއްޓި ދިއުން. އަދި މިފުރުސަތު ކޮންމެ އަހަރަކުވެސް ލިބޭ ދަރިވަރުންގެ އަދަދު އިތުރުވުން. އަދި އަޅުގަނޑުމެން ދަރިވަރުންނަށް ހާޖީންނަށް ފައިދާތަކެއް ކުރުން " ހައްޖާޖީންނަށް އެހީވުމަށް ދިޔަ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކު ބުންޏެވެ.
މިއަހަރު ހައްޖަށް ވަޑައިގެންނެވި ދިވެހި ޙައްޖުވެރިއެއްގެ ޝުޢޫރު pic.twitter.com/82hfWpMczZ
— Ministry of Islamic Affairs (@MVIaffairs) June 22, 2024
މިއަހަރު ހައްޖަށް ވަޑައިގެންނެވި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރެއްގެ ޝުޢޫރު pic.twitter.com/Rwshu0mMAn
— Ministry of Islamic Affairs (@MVIaffairs) June 22, 2024
ކޮންމެއަކަސް މިފަހަރުގެ ހައްޖުގެ އިންތިޒާމުތަކަކީ ޙައްޖުކޯޕަރޭޝަނާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ ފުރިހަމައަށް އިންތިޒާމުކުރި ޙައްޖުގެ އަޅުކަމެވެ. މިއަހަރުގެ ޙައްޖުގެ ތަޖުރިބާއަށް ރިޔާއަތްކޮށް ކުރިއަށް އޮތްތަނުގައި އިންތިޒާމުތައް އިތުރަށް ރަނގަޅުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ޙައްޖު ކޯޕަރޭޝަނުން ދެއެވެ.