ޚަބަރު

ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭން ހެދުމުގެ ވޯކްޝޮޕް ނިންމާލައިފި


އެމް.އެން.ޑީ.އެފް މާލޭ އޭރިއާއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ގުޅިވަޑައިގެން އަރިއަތޮޅު އުތުރުބުރީގެ ހަތަރު ރަށެއްގައި ހިންގެވި ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭން ހެދުމުގެ ވޯކްޝޮޕް ނިންމާލައިފިއެވެ. 

މި ވޯކްޝޮޕްތައް ކުރިޔަށްގެން ގޮސްފައިވާ 4 ރަށަކީ އއ އަތޮޅު މަތިވެރިއާއި ހިމަންދޫއާއި މާޅޮސް ގެ އިތުރުން ފެރިދޫއެވެ. މި ރަށްތަކުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް ޢަބްދުލްރަޢޫފްއެވެ. 

މި ވޯރކްޝޮޕްގައި މިރަށްތަކުގެ ސަރުކާރު އޮފީސްތަކާއި އެކި އެކި ޖަމިއްޔާތަކުން 191 ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ކާރިސީ ހިރާސް ކުޑަކުރުމާ ގުޅޭގޮތުންނާއި ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ރަށު ފެންވަރުގައި ޢަމަލުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދިފައިވެއެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވާފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާގެ މުދައްރިބުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.