ޚަބަރު

ފަހު މެޗުން ތިން ޕޮއިންޓް ހޯދައިގެން އަނެއް ބުރަށް ދެވޭނެ: ކްލާކް


"
އަހަރެމެން ފަހު މެޗު ކާމިޔާބުކުރަން ޖެހޭ، މޮޅުވެ ތިން ޕޮއިންޓާއެކު އަނެއް ބުރަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތް.
ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް

ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި ރޭ ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށްފަހު ދެއްކި ވާހަކައިގައި ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް ވަނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހަންގޭރީ އަތުން މޮޅުވެ، ތިން ޕޮއިންޓް ހޯދައިފިނަމަ އޭނާގެ ޓީމަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ.

ސްޓީވް ކްލާކް ބުނީ، ފުރަތަމަ މެޗުގައި އެންމެ ރަނގަޅަށް ނުކުޅެވުނު ނަމަވެސް ސްވިޓްޒަލޭންޑާ ދެކޮޅަށް އޭނާގެ ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އެގޮތުން، ގްރޫޕުގެ ދެވަނަ މެޗުގައި ފެނިގެންދިޔައީ ދާދި ހަމަހަމަ ދެ ޓީމެއްގެ ފަރާތުން އެއްވަރު، ރަނގަޅު ކުޅުމެއް ކަމަށް ކްލާކް ފާހަގަކުރިއެވެ.

މެޗަށްފަހު ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ބުނީ، މެޗުގައި އޭނާގެ ޓީމުން ތިބީ ނެގި މަޑުވެފައި ކަމަށެވެ. އެގޮތުން، މެކްޓޮމިނޭ ފާހަގަކުރިގޮތުގައި ސްކޮޓްލެންޑުން މުޅި މެޗުގައިވެސް ތިބީ މާ މަޑުމަޑުން، އެއްވެސް ކަމަކަށް ރިއެކްޓްނުކޮށެވެ. އޭނާ ބުނީ، މިއަށްވުރެ ރަނގަޅަށް ކުޅެ، ހައި ޕްރެސް ވެސް ރަނގަޅުވާނެ ޖެހޭނެ ކަމަށެވެ. ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗަށް އެންމެ މުހިއްމުވީ އެކަންތައް ކަމަށް މެކްޓޮމިނޭ ބުންޏެވެ.

މެކްޓޮމިނޭ އިތުރަށް ބުނީ، އޭނާގެ ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، ގްރާންޓް (ހެންލީ) ބޮލުން ޖައްސާލި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވި ބޯޅަވެސް ފާހަގަކޮށްލަންޖެހޭ ކަމަށް މެކްޓޮމިނޭ ވަނީ ބުނެފައެވެ. އަދި، ދެވަނަ މެޗުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅުކޮށް، ކުރިއަށް އޮތް ހަންގޭރީ މެޗު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މެކްޓޮމިނޭ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޮޓްލެންޑުން ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.