ޚަބަރު

އަޒްމިރާލްދާ ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުން، ޑރ އަޒްމިރާލްދާ ޒާހިރު އިސްތިއުފާދެއްވައިފިއެވެ. 

ޑރ. އަޒްމިރާލްދާ ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އެކަމަނާ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. އެހެންނަމަވެސް ހައިކޯޓުގެ ދެކުނު ގޮފި ޤާއިމްކޮށް، އެގޮތްޕަށް އަޒްމިރާލްދާ ބަދަލުކުރެއްވިފަހުން އެކަމަނާ ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމްކުރައްވާފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތްކުރެއްވުމަށް ދަތިކަމަށް ވިދާޅުވެ، ކަމާއި ބެހޭ މުޢައްސަސާތަކަށް ސިޓީ ފޮނުއްވާފައެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޑރ.އަޒްމިރާލްދާ ޒާހިރު އައްޔަންކުރައްވާފައިވަނީ 26 މާރޗް 2011 އެވެ. އަޒްމިރާލްދާ ވަނީ ބައިނަލް އަޤްވާމީ ފިކުރީ މުދަލާއި ބެހޭ ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ހާޞިލުކުރައްވާފައެވެ.