ޚަބަރު

ޕީޖީ ބިސާމް، ދެކުނު ކޮރެއާގެ ސަފީރާއި ބައްދަލުކުރައްވައިފި


މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗަންގް ވޮންސަމްއާ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ދެކުނު ކޮރެއާގެ ރައްޔިތަކާއި ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅޭ ގޮތުން އެ ޤައުމުގެ ސަފީރާއި އަލްއުސްތާޛާ ޢާއިޝަތު ބިސާމް މަޝްވަރާ ކުރައްވާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ފަންނީ އެހީތެރިކަން ހޯދުމުގައި ދެކުނު ކޮރެއާގެ އެހީތެރިކަން ހޯއްދެވުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.